އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން، އިންތިހާބުގެ 97 އިންސައްތަ ގޮނޑިއަށް ވާދަކުރާނެކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އަލްފާޟިލް ފަލާހެވެ. ފަލާހް ވިދާޅުވީ، ކައުންސިލް އިންތިހާބުގެ…