Thursday, October 22
އަމިއްލަ ބޭނުންތަކަށް ނަގާ ލޯނާއި ކްރެޑިޓް ކާޑު ދަރަނި 9.2 ބިލިއަން ރުފިޔާއަށް އަރައިފި
އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނާއި ކްރެޑިޓް ކާޑު ދަރަނީގެ މިންވަރު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 9.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 15 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރު ފެށުނުއިރު 8.7 ބިލިއަން ރުފިޔާގައި ހުރި މި ދަރަނި ވަނީ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

ފާއިތުވި ފަސް އަހަރުގެ މައުލޫމާތަށް ބަލާއިރު، އަމިއްލަ ބޭނުންތަކަށް ދޫކުރާ ދަރަނި ވަނީ ނިސްބަތުން ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެގޮތުން އެވްރެޖުކޮށް ކޮންމެ އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އިތުރުވެފައިވާއިރު، އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ 2023 އިން 2024 އަށެވެ.

މީގެއިތުރުން، ބޭންކުތަކުން އެހެނިހެން ދާއިރާތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ މިންވަރުވެސް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 16 އިންސައްތަ އިތުރުވެ، 41.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު