Saturday, October 31
ޓޫރިސްޓް އެރައިވަލް: ޗައިނާ ކުރިއަށް ޖެހިލައިފި
އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 70،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ‎10.7%‎ އިތުރު އަދަދެކެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޓޫރިޒަމް އެންޑް އެންވަޔަރުމަންޓް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާއިން ރާއްޖެއަށް މާރިޗު މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ވަނީ 70،797 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %11އެވެ. ފަތުރުވެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 63,919 ފަތުރުވެރިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. ފަތުރުވެރިންގެ ޖުމްލަ އަދަދަކަށް ބަލާލާއިއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ބައި މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 593،956 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 570،898 ފަތުރުވެރިންނާ އަޅާ ބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު