Tuesday, November 10
މާރޗް މަހުގެ ނިޔަލަށް 6 ލައްކަ އަށްވުރެ ގިނަފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދެ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މާރޗް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 632418 ފަތުރުވެރިންނެވެ.

އޭޕްރީލް މަހުގެ ދެވަނަ ދުވަހާއި ހަމައަށް މިއަދަދު ވަނީ 647677 އަށް އަރާފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި ބަލާއިރު 5.2 އިން ސައްތައިގެ ކުރިއެރުމެކެވެ.

މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް 6،988 ފަތުރުވެރިން ރާއްޖެ އާދެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. އެ ޤައުމުން 75 ހާހަށް ވުރެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނަ އަށް އެންމެ ކުރީގައި އޮތީ ރަޝިއާއެވެ. ދެން ލިސްޓްގައި އޮތީ އިނގިރޭސި ވިލާތެވެ.

ފަތުރުވެރިން އެންމެ ގިނައިން އަންނަ ޤައުމުތައް

  1. ޗައިނާ
  2. ރަޝިއާ
  3. އިނގިރޭސިވިލާތް
  4. އިޓަލީ
  5. ޖާރމަނީ
  6. އިންޑިއާ
  7. ފްރާންސް
  8. އެމެރިކާ
  9. ސްވިޓްޒަލޭންޑް
  10. ޕޮލޭންޑް

ރާއްޖޭގައި މިވަގުތު 191 ރިސޯޓް އޮޕަރޭޓްކުރަމުން އަންނައިރު، ރާއްޖޭގެ ބެޑް ކެޕޭސިޓީ އަކީ 63805 އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު