Monday, November 16
މިލަންދޫ ކައުންސިލް ކަޕް 2025: ރޭގެ މެޗުތައް ކާމިޔާބުކުރީ ކަލާފާނު އެފްސީ، އީގަލްސް އަދި ލިންކް ސްޕޯޓްސް

މިހާރު ކުރިއަށްދާ މިލަންދޫ ކައުންސިލް ކަޕް 2025 ގެ ހަތަރުވަނަ ރޭގެ މެޗުތައްވެސް ވަރަށް ފޯރިއާއެކު ނިންމާލައިފިއެވެ.

ރޭ މޮލަންދޫ މާކޯ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މެޗުތައް ކާމިޔާބުކުރީ ކަލާފާނު އެފްސީ އާއި އީގަލްސް އަދި ލިންކް ސްޕޯޓްސް އިންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ދަރަކަން އެސްސީ އާއި ކަލާފާނު އެފްސީ އެވެ. 2-5 ގެ ނަތީޖާއަކުން މި މެޗު ކަލާފާނު އެފްސީން ކާމިޔާބުކުރިއިރު، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަލާފާނު އެފްސީގެ ޖާޒީ ނަންބަރު 18، އަޙްމަދު ސިޔާމެވެ.

3 އޭޕްރީލް 2025: ފުރަތަމަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަލާފާނު އެފްސީގެ ޖާޒީ ނަންބަރު 18، އަޙްމަދު ސިޔާމް - ފޮޓޯ: ސިޑިބަރި އެމްވީ

މީގެ އިތުރުން، ރޭގެ ދެވަނަ މެޗުގައި ޑޯމިނޭޓާސް އާއި އީގަލްސް އިން ބައްދަލުކޮށް، ތަފާތު ބޮޑު ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ އީގަލްސް އިންނެވެ. މިގޮތުން މި މެޗުގައި އީގަލްސް އިން 15 ލަނޑު ޖަހާފައިވާއިރު، ޑޯމިނޭޓާސް އިން އެއްވެސް ލަނޑެއް ޖަހާފައި ނުވެއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްގެ ޖާޒީ ނަންބަރު 13، ޖުމައިލް ޖަމީލެވެ.

3 އޭޕްރީލް 2025: ދެވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އީގަލްސްގެ ޖާޒީ ނަންބަރު 13، ޖުމައިލް ޖަމީލް - ފޮޓޯ: ސިޑިބަރި އެމްވީ

ރޭގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ލިންކް ސްޕޯޓްސް އާއި ސިކްސްޕެކް އެސްސީއެވެ. މި މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ލިންކް ސްޕޯޓްސް އެވެ. އަދި މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 6، ޙުސައިން ޝަރީފެވެ.

3 އޭޕްރީލް 2025: ތިންވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 6، ޙުސައިން ޝަރީފް - ފޮޓޯ: ސިޑިބަރި އެމްވީ

މިލަންދޫ ކައުންސިލް ކަޕް 2025 ގެ މެޗުތައް މާރިޗު 31 އިން އޭޕްރީލް 10 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު