Tuesday, November 10
ކެލާ އަދި ކާށިދޫ ފަޅުގައި ރިސޯޓް ހަދާނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ކެލާގެ ފަޅުގައި ދެ ޓޫރިސްޓް ރިޒޯޓު އަދި މާލެއަތޮޅު ކާށިދޫ ފަޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިންހުޅުވާލައިފި.

 ހއ. ކެލާގެ ފަޅުތެރެއިން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއް ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން މިއަދު ވަނީ އިޢުލާން ކޮށްފައެވެ. މީގެއިތުރުން، ކ. ކާށިދޫ ފަޅުގެ ތެރެއިން 115.21 ހެކްޓަރުގެ ފަޅުގެ ސަރަހައްދެއްވެސް ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށްމިއަދުވަނީ ހުޅުވާލާފައެވެ.

ބީލަންތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އެޕްރީލު 2025 ވާ އަންގާރަދުވަހުގެ އަދި 06 މޭ 2025  ވާ އަންގާރަ ދުވަހު ޒޫމް މެދުވެރިކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޖޫން 2025 ވާ ބުރާސްފަތި ދުވަހެވެ. ކެލާގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު