Wednesday, October 28
ފޮޓޯ ސްޓޯރީ: ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް

އިއްޔެ އަކީ ތާރީޚީ ދުވަހެކެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން، އެފްކޮންސް އިން ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕޭން ސެގްމަންޓް މިވަނީ ޤާއިމްކޮށްފައެވެ.

23 މީޓަރުގެ އުސްމިނުގައި 25.37 މީޓަރުގެ ފުޅާމިނުގައި ހުރި މި ސެގްމަންޓްގެ ބަރުދަނަކީ 216.04 މެޓްރިކް ޓަނެވެ.

މި ސެގްމެންޓް ނިމުމަކީ އިންޖިނިއަރިން ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖެކެވެ. މި މަޝްރޫޢުއަށް އިންޑިއާއިން 100 މިލައަން ޑޮލަރުގެ ހިލޭ އެހީ ދީފައިވެއެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފައިވެއެވެ. 6.7 ކިލޯމީޓަރުގެ މި ބްރިޖާ އެކު ފުން ހިސާބުތަކުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓާއި، ތިލަ ހިސާބުތަކުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ މަގުތައް ހެދުން ހިމެނެއެވެ.

3 އޭޕްރީލް 2025- ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢު -ފޮޓޯ: އިންޑިއަން ހައިކޮމިޝަން

 

8 ޖުލައި 2023- ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ - ފޮޓޯ: އިންޑިއަން ހައިކޮމިޝަން

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު