Friday, November 13
ކުލަ ގަދަ ރަސްމިއްޔާތަކާއި އެކު މިލަންދޫ ކައުންސިލް ކަޕް ފަށައިފި

މިލަންދޫ ކައުންސިލް ކަޕް 2025 ކުލަގަދަ ރަސްމިއްޔާތަކާއި އެކު ރޭ ފަށައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ސިކްސްޕެކް އެސްސީ އާއި އީގަލްސް އެވެ.

މި މެޗް 4-1 ން ކާމިޔާބުކުރީ އީގަލްސްއެވެ.

މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްގެ، ޖާރޒީ ނަމްބަރު 13 ޖުމައިލް ޖަމީލްއެވެ.

މުބާރާތުގެ ފުރަތަމަ މެޗްގެ މޮޅުކުޅުންތެރިޔާ އީގަލްސްގެ، ޖާރޒީ ނަމްބަރު 13 ޖުމައިލް ޖަމީލް-ފޮޓޯ: ސިޑިބަރި އެމްވީ

ދެވަނަ މެޗްގައި ބައްދަލުކުރީ  ޑޮމިނޭޓާސް އާއި ދަރަކަން އެފްސީން އެވެ. މި މެޗް 6-2 ން ކާމިޔާބު ކުރީ ދަރަކަން އެފްސީއެވެ.

މި މެޗްގައި މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ދަރަކަންސްގެ ޖަރޒީ ނަންބަރު 19، ހުސެއިން އަބްސަލްއެވެ.

1 އޭޕްރީލް 2025 - މުބާރާތުގެ ދެވަނަ މެޗްގެ މޮޅުކުޅޫންތެރިޔާ، ދަރަކަންސްގެ ޖަރޒީ ނަންބަރު 19، ހުސެއިން އަބްސަލް-ފޮޓޯ: ސިޑިބަރި އެމްވީ

 

ރޭގެ ތިންވަނަ މެޗްގައި ޗެމްޕިއަންކަން ދިފާއުކުރަން ނިކުމެ ވޯލްކޯ ޔުނައިޓެޑް ވަނީ މުބާރާތުގެ ފުރަތަމަ މެޗް 3-1 ން ކާމިޔާބުކޮށްފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ވޯލްކޯ ޔުނައިޓެޑްގެ ޖަރޒީ ނަންބަރ 17 އަލީ ޝިޔާޙް އެވެ.

1 އޭޕްރީލް 2025 – ތިންވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ، ވޯލްކޯ ޔުނައިޓެޑްގެ ޖަރޒީ ނަންބަރ 17 އަލީ ޝިޔާޙް ް-ފޮޓޯ: ސިޑިބަރި އެމްވީ

މި  މުބާރާތުގެ މެޗްތައް މާދަމާ ރޭ ވެސް ކުޅޭނެއެވެ. މާދަމާ ރޭގެ މެޗްގައި ބައްދަލުކުރާނީ ވޯލްކޯ ޔުނައިޓޭޑާޢި ޑޮމިނޭޓަރސް އެވެ.

ދެވަނަ މެޗްގައި ބައްދަލުކުރާނީ ދަރަކަން އެފްސީ އާއި ސިކްސް ޕެކް ސްޕޯޓްސް ކްލަބްއެވެ. ތިން ވަނަ މެޗްގައި އީގަލްސް އާއި އެކު ބައްދަލުކުރާނީ ލިންކް ސްޕޯޓްސް އެވެ.

ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން ރާވައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު