Monday, November 16
މިލަންދޫ ކައުންސިލް ކަޕް 2025: ކަލާފާނު އެފްސީ، ލިންކް ސްޕޯޓްސް އަދި އީގަލްސް ކުރިއަށް ޖެހިލައިފި

ށ. މިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިލަންދޫ ކައުންސިލް ކަޕް 2025 ގެ މެޗުތައް ރޭވެސް ކުރިއަށްގެންގޮސްފައިވާއިރު، ރޭ ކުޅުނު މެޗުތައް ކަލާފާނު އެފްސީ އާއި ލިންކް ސްޕޯޓްސް އަދި އީގަލްސް އިން ފަސޭހަކަމައެކު ކާމިޔާބުކޮށްފިއެވެ.

މިލަންދޫ މާކޯ ސްޓޭޑިއަމްގައި ރޭ ކުރިއަށްދިޔަ ފުރަތަމަ މެޗުގައި ކަލާފާނު އެފްސީ އާއި ސިކްސްޕެކް އެސްސީ ބައްދަލުކޮށް، ތަފާތުކަން ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ކަލާފާނު އެފްސީއެވެ. އެގޮތުން ކަލާފާނު އެފްސީން މި މެޗުގައި 05 ލަނޑު ޖަހާފައިވާއިރު، ސިކްސްޕެކް އެސްސީން ޖެހީ އެއް ލަނޑެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަލާފާނު އެފްސީގެ ޖާޒީ ނަންބަރު 19، އިސްމާޢީލް ފަޒީނެވެ.

4 އޭޕްރީލް 2025: ކަލާފާނު އެފްސީގެ ޖާޒީ ނަންބަރު 19، އިސްމާޢީލް ފަޒީން - ފޮޓޯ: ސިޑިބަރި އެމްވީ

ހުކުރު ދުވަހުގެ ރޭ ކުރިއަށްދިޔަ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ވޮލްކޯ ޔުނައިޓެޑާއި ލިންކް ސްޕޯޓްސްއެވެ. އެގޮތުން 1-4 ގެ ނަތީޖާއަކުން ލިންކް ސްޕޯޓްސް މި މެޗު ކާމިޔާބުކުރިއިރު، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޖާޒީ ނަންބަރު 6، ޙުސައިން ޝަރީފެވެ.

4 އޭޕްރީލް 2025: ދެވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 6، ޙުސައިން ޝަރީފް - ފޮޓޯ: ސިޑިބަރި އެމްވީ

ރޭގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ދަރަކަން އެފްސީ އަދި އީގަލްސް އެވެ. 09 ލަނޑު ޖަހައިގެން މި މެޗު އީގަލްސް އިން ކާމިޔާބުކުރިއިރު، ދަރަކަން އެފްސީން ޖަހާފައިވަނީ އެންމެ ލަނޑެކެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ ޖާޒީ ނަންބަރު 13، ޖުމައިލް ޖަމީލެވެ.

4 އޭޕްރީލް 2025: ތިންވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އީގަލްސްގެ ޖާޒީ ނަންބަރު 13، ޖުމައިލް ޖަމީލް - ފޮޓޯ: ސިޑިބަރި އެމްވީ

މި މުބާރާތުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިގޮތުން މިރޭގެ ފުރަތަމަ މެޗުގައި އީގަލްސް އާއި ވޮލްކޯ ޔުނައިޓު ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ލިންކް ސްޕޯޓްސް އާއި ކަލާފާނު އެފްސީއެވެ. އަދި ތިންވަނަ މެޗުގައި ބައްދަލުކުރާނީ ސިކްސްޕެކް އެސްސީ އާއި ޑޯމިނޭޓާސް އެވެ.

މިލަންދޫ ކައުންސިލް ކަޕް 2025 ގެ މެޗުތައް މާރިޗު 31 އިން އޭޕްރީލް 10 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު