Monday, November 2
ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުގެ އެއްވަނައިގައި އީލޯން މަސްކް!

ފޯބްސްގެ ބިލިއަނަރުންގެ ލިސްޓު ނެރެފި އެވެ.

ފޯބްސް މަޖައްލާއިން އިއްޔެ ނެރެފައިވާ 39 ވަނަ އަހަރީ ބިލިއަނަރުންގެ ލިސްޓުގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ހޮވިފައި ވަނީ ޓެސްލާގެ ވެރިޔާ އިލޮން މަސްކްއެވެ.

53 އަހަރުގެ މަސްކްގެ މިލްކިއްޔާތުގައި 342 ބިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ފޯބްސްއިން ބުނެފައި ވެއެވެ. ލިސްޓުގެ ދެވަނައިގައި ވަނީ މެޓާގެ ބާނީ މާކް ޒަކަބާގްއެވެ. އޭނާގެ މުދަލުގެ އަގު 216 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރި ކަމަށް ފޯބްސްއިން ބުނެފައިވެއެވެ.

ތިންވަނައިގައި ވަނީ އެމޭޒަންގެ ވެރިޔާ ޖެފް ބެޒޯސްއެވެ. އޭނާގެ މުދަލުގެ އަގު 215 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރި ކަމަށް ލިސްޓުގައި ވެއެވެ.

މީގެ ކުރިން އެތައް އަހަރެއް ވަންދެން ލިސްޓުގެ އެއްވަނައިގައި ހުރި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް މިފަހަރު ވަނީ 13 ވަނައަށް ވެއްޓިފައެވެ. އޭނާގެ މުދަލުގެ އަގު 108 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރި ކަމަށް ފޯބްސްއިން ބުނެފައިވެއެވެ.

ފޯބްސްއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ލިސްޓުގައި ޖުމްލަ 3،028 ބިލިއަނަރުން ހިމެނެއެވެ. މިއީ މިދިޔަ އަހަރަށް ވުރެ 247 ބިލިއަނަރުން އިތުރު އަދަދެކެވެ. މި ބިލިއަނަރުންގެ ޖުމްލަ މުދަލުގެ އަގު 16.1 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށްވެސް ފޯބްސްއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު