Saturday, November 14
ޗެލްސީ އިން ޔަމާލް އާއި ބާސެލޯނާ ހަމަބިމަށް ތިރިކޮށްފި!

ޗެލްސީގެ ހޯމްގައި ރޭ ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރީ ފަސޭހަކަމާއެކު 3-0ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 27 ވަަނަ މިނެޓުގައެވެ. މިއީ ބާސެލޯނާގެ ކުންޑޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގައި ބާސެލޯނާއަށް އިތުރު މައްސަލަތަކާ ކުރިމަތިވީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އެ ޓީމުގެ ޑިފެންޑަރު އަރައުހޯއަށް ދެވަަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު ބާސެލޯނާއިން މެޗުގެ ދެވަނަ ހާފް ކުޅެފައިވަނީ 10 ކުޅުންތެރިންނާ އެކުގައެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ދެވަނަ ހާފު ފެށި ބާސެލޯނާ އަކަށް މާގިނަ އިރަކު ޗެލްސީ ހިފަހައްޓާ ނުލެވުނެވެ.ޗެލްސީން މެޗުގެ 55 ވަނަ އެޓީމްގެ ދެވަނަ ގޯލް ޒުވާން ތަރި އެސްޓަވާއޯ ޖެހިއެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ތިން ވަނަ ގޯލު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. އެންޒޯ ތަނަވަސްކޮށްދިން ޗާންސެއް ގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެލަޕްއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު