Saturday, October 31
އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ޤާއިމްކޮށްފި
ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ޤާއިމްކުރެވިއްޖެ ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެއް ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ. މި ގްރީން ހައުސްތަކުގައި ކިއުކަމްބާ ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައިވެއެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންދެއެވެ. އެރަށްތަކަކީ ހދ. މަކުނުދޫ، ހދ. ނޭކުރެންދޫ، ހދ. ނޮޅިވަރަމްފަރު، ހދ. ވައިކަރަދޫ، ހއ. ކެލާ، ހއ. އުލިގަމު، ހއ. މޮޅަދޫ، ހއ. ފިއްލަދޫ، ށ. ނަރުދޫ.ށ. ގޮއިދޫ އަދި ށ. ފޯކައިދޫ އެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި ގްރީން ހައުސްތައް ޤާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިނަށް މެޕް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު