Saturday, October 31
އިސްރާއީލުން ޣައްޒާގައި ހުރި އދ. ގެ ދެވަނަ ސްކޫލަށް ވެސް ހަމަލާދީފި

އިސްރާއީލުން ދެކުނު ޣައްޒާގައި ހުރި އދ. ގެ އެހީގެ އެޖެންސީ (އަންރުވާ) އިން ހިންގާ ދެވަނަ ސްކޫލަށް ވެސް އެއްވެސް އިންޒާރެއް ދިނުމަކާނުލައި ހަމަލާދީފިއެވެ.

ޣައްޒާގައި ހުރި އަލްޖަޒީރާގެ ނޫސްވެރިން މަޢުލޫމާތު ދިން ގޮތުގައި, މިހަމަލާގެ ސަބަބުން އެ ޢިމާރާތުގައި ހިމާޔަތް ހޯދަމުން ދިޔަ މީހުންގެ ތެރެއިން މަދުވެގެން ފަލަސްޠީނުގެ 20 މީހުން ވަނީ މަރުވެފައެވެ.

މީހުން ނިދާފައި ތިއްބާ ކުއްލިއަކަށް ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭކަމަށް ރިޕޯޓުކޮށްފައިވެއެވެ. ހަމަލާގައި ޒަޚަމްވި އަދި މަރުވި މީހުން ގެންގޮސްފައިވަނީ ނާޞިރު މެޑިކަލް ކޮމްޕްލެކްސްއަށެވެ.

އިޒްރޭލުން ހަމަލާ ދިން ސްކޫލަކީ ފަލަސްތީނުގެ އެތައް ސަތޭކަ ޢާއިލާއެއް ހިމާޔަތަށް އެދިފައިވާ ސްކޫލެކެވެ. އަދި ސްކޫލް ހުރި ދިމާލަކީ މަދަނީ ޙަރަކާތްތައް ގިނަ ސަރަހައްދެކެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ގިނަ ހަމަލާތަކުގެ ސަބަބުން މަދުވެގެން 69 މީހުން މަރުވެފައިވާކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް އަރައި ފަށާފައިވާ ހަނގުރާމައިގައި, ޣައްޒާގައި ހުރި އަންރުވާގެ ވަސީލަތްތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު