Monday, November 16
މިލަންދޫ ކައުންސިލް ކަޕް 2025: ރޭގެ މެޗުތައް ކާމިޔާބުކުރީ ވޮލްކޯ، ދަރަކަން އަދި ލިންކް ސްޕޯޓްސް

ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން ރާވައިގެން ކުރިއަށްގެންދާ މިލަންދޫ ކައުންސިލް ކަޕްގެ ދެވަނަ ދުވަހުގެ މެޗުތައް، ވޮލްކޯ ޔުނައިޓެޑް، ދަރަކަން އެފްސީ އަދި ލިންކް ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ތިން މެޗެއް މިލަންދޫ މާކޯ ސްޓޭޑިއަމްގައި ރޭ ކުޅެފައިވެއެވެ. މިގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ ވޮލްކޯ ޔުނައިޓެޑާއި ޑޮމިނޭޓާސް އެވެ. މި މެޗު 9-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ވޮލްކޯ ޔުނައިޓެޑެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮލްކޯ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 77، އިސްމާޢީލް ވަޖީޙެވެ.

1 އޭޕްރީލް 2025: ފުރަތަމަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ވޮލްކޯ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 77، އިސްމާޢީލް ވަޖީޙް - ފޮޓޯ: ސިޑިބަރި އެމްވީ

ދެވަނަ މެޗުގައި ދަރަކަން އެފްސީ އާއި ސިކްސްޕެކް އެފްސީ ބައްދަލުކޮށް، 5-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ދަރަކަން އެފްސީންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަކަން އެފްސީގެ ޖާޒީ ނަންބަރު 6، ޙުސައިން ރައިސަން އެވެ.

1 އޭޕްރީލް 2025: ދެވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ދަރަކަން އެފްސީގެ ޖާޒީ ނަންބަރު 6، ޙުސައިން ރައިސަން - ފޮޓޯ: ސިޑިބަރި އެމްވީ

މީގެ އިތުރުން ރޭގެ ތިންވަނަ މެޗުގައި އީގަލްސް އާއި ލިންކް ސްޕޯޓްސް ބައްދަލުކޮށް ފޯރިގަދަ ކުޅުމެއް ދެއްކުމަށްފަހު، 0-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައިވަނީ ލިންކް ސްޕޯޓްސް އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 6، ޙުސައިން ޝަރީފެވެ.

1 އޭޕްރީލް 2025: ތިންވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 6، ޙުސައިން ޝަރީފް - ފޮޓޯ: ސިޑިބަރި އެމްވީ

މި މުބާރާތުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިގޮތުން މިރޭގެ ފުރަތަމަ މެޗުގައި ޑޯމިނޭޓާސް އާއި ލިންކް ސްޕޯޓްސް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ކުޅޭނީ ކަލާފާނު އެފްސީ އަދި އީގަލްއެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ވޮލްކޯ ޔުނައިޓެޑާއި ދަރަކަން އެފްސީ އެވެ.

މިލަންދޫ ކައުންސިލް ކަޕް 2025 ގެ މެޗުތައް މާރިޗު 31 އިން އޭޕްރީލް 10 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު