އާދިއްތަ, November 8
އެމްއެމްޕީއާރުސީގެ ފުރަތަމަ ލޯކަލް އެމްބެސެޑަރ އަކަށް 2އޮފްއަސް ބޭންޑް

ވިޒިޓް މޯލްޑިވްސްއިން ހުޅުވާލި ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގެ ދަށުން، ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި '2އޮފްއަސް" މިއުޒިކް ބޭންޑް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި "2އޮފްއަސް" ބޭންޑް ހޮވިފައިވާ ކަމަށެވެ. ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި އެ ބޭންޑުން، އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާފޯމަންސްތައް ހިމެނޭހެން، ހުރިހާ ޝޯއަކާއި އިވެންޓެއްގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާނެއެވެ. އަދި، ސެޕްޓެމްބަރު މަހު "ބްރިޓަންސް ގޮޓް ޓެލެންޑް 19" ގައި އޮޑިޝަންކުރުމުގެ ދައުވަތު ވެސް އެ ބޭންޑަށް ވަނީ ލިބިފައެވެ.

ވިޒިޓް މޯލްޑިވްސްއިން ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމް އިއުލާންކުރީ، ރާއްޖެ އަކީ ސަގާފީ ގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބައިވެރިކޮށް ބާރުވެރިކުރުވުމުގެ މަޤްޞަދުގައެވެ.

އެމްއެމްޕީއާރުސީއިން ބުނީ، އެ ޕްރޮގްރާމްގެ ސަބަބުން ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ އައިޑެންޓިޓީއާއި ސަގާފަތާއި ތަރިކަ އާއި، ގުދުރަތީ ރީތިކަން ތަފާތު ފަންނުވެރިން ހަރަކާތްތަކުން ދައްކައިދިނުމަށް ރާއްޖޭގެ ހުނަރުވެރި ފަރާތްތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

ލޯކަލް އެމްބެސެޑަރުންެ ޕްރޮގްރާމްގެ ދަށުން ހުޅުވާލި ފުރުޞަތުގައި، ފަންނުވެރިކަމާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް ކޮންމެ ދިވެއްސަކަށް ވެސް އެ ޕްރޮގްރާމަށް ކުރިމަތިލެވޭނެކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު