Saturday, October 31
ރަޝިޔާގެ ނިއުކްލިއަރ ޑިފެންސް ފޯސްގެ އިސް ވެރިޔާ މަރާލައިފި

ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ރަޝިޔާގެ ނިއުކްލިއަރ ޑިފެންސް ފޯސްގެ އިސް ވެރިޔާ، ލެފްޓިނަންޓް ޖެނެރަލް އިގޯރ ކިރިލޮވް މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި އެނާ ދިރިއުޅޭ އެޕާރޓްމެންޓް ހުރި އިމާރާތުގެ ކައިރީގައެވެ.

ހަމަލާދީފައިވާ ކަމަށް ބެލެވެނީ އިލެކްރިކް ސްކޫޓަރެއްގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލައިގެން ކަމަށް މި މައްސަލަ ތަހުގީގު ކުރާ ރަޝިޔާގެ ތަޙުޤީޤު ކޮމިޓީން ވަނީ ބުނެފައެވެ. ކިރިލޮވް އާއި އެކު އެނާގެ އެސިސްޓެންޓް ވެސް ވަނީ މި ގޮވުމުގެ ސަބަބުން މަރުވެފައެވެ.

ކިރިލޮވް އަކީ ރަޝިޔާގެ ރޭޑިއޮލޮޖިކަލް، ކެމިކަލް އަދި ބަޔޮލޮޖިކަލް ދިފާޢީ ބާރުތަކުގެ އިސްވެރިޔާ ވެސް މެއެވެ. އޭނާ އަކީ ޔުކްރެއިންގެ ހަނގުރާމައިގެ މައިދާނުގައި ކެމިކަލް ހަތިޔާރު ބެލެހެއްޓުމާއި ހަވާލުވެ ހުރި މިހާ ކަމަށް ހުޅަނގުން ތުހުމަތުކުރެއެވެ.

ޔުކްރެއިންގެ އެސްބީޔޫ ސެކިއުރިޓީ ސަރވިސްއިން ވަނީ މި ގޮވުމުގެ ފަހަތުގައި ތިބީ އެމީހުން ކަމަށް ބުނެފައެވެ. އަދި ކިރިލޮވް އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށާއި މިއީ ޤާނޫނީ ގޮތުން އަމާޒްކޮށް އެނާ އާއި ދެކޮޅަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު