Saturday, October 31
ދަނޑުވެރިކަމުގެ 10 އަހަރުގެ މާސްޓަރ ޕްލޭނެއް ހަދަނީ

ދިވެހިރާއްޖޭގެ 10 އަހަރުގެ ދަނޑުވެރިކަމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށްއެހީތެރިކަން ހޯދުމަށް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ )ގެ ޑިރެކްޓަރ ޖެނެރަލް، މިސްޓަރ ޗޫ ޑޮންގްޔޫ އބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގައެވެ.

އެގޮތުން މާސްޓަރ ޕްލޭން އެކުލަވާލެއްވުމަށް ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި ބަދަލުކުރުމަށް މަގުދައްކައިދޭނެ ދިގު މުއްދަތުގެ ތަފްޞީލީ ސްޓްރެޓެޖީއެއް އެކުލަވާލުމުގައި އެއްބާރުލުން ދިނުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި މަސައްކަތަކީ ދިވެހިރާއްޖެ އާއި އެފްއޭއޯ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާވާނެ ގޮތަށް ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އެފްއޭއޯ އާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް އެ ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން އިތުރު ކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެއްވިއެވެ.

މީގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާގައި އައު ގޮތްތައް ތަޢާރަފުކުރުމަށް އިސްކަން ދެއްވިއެވެ.

މިނިސްޓަރ (އެފްއޭއޯ )ގެ ޑިރެކްޓަރ ޖެނެރަލް، އާއި މި ބައްދަލު ކުރެއްވުން ކުރިޔަށް ގެންދަވާފައިވަނީ އެފްއޭއޯގެ 44 ވަނަ ޖަލްސާގެ ހަވާސާގެ ތެރެއިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު