
ކެމިކަލްތަކާ ބެހޭ ފުރަތަމަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ރާއްޖެ ބައިވެރިވެއްޖެ
ސްވިޒަލެންޑުގެ ޖެނީވާގައި މި މަހުގެ 16 އިން 20 އަށް ބޭއްވި، ކެމިކަލްތަކާ ބެހޭ "ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް"ގެ ފުރަތަމަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް ޙަސަން އަޒްހަރެވެ. މި އޮނިގަނޑު ތަންފީޛުކުރުމަށް އެހީތެރިވުމުގެ…






















































