އެމެރިކާގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ނުރައްކާތެރި ކުށްވެރިން ގެނައުމަށް އެލް ސަލްވަޑޯއިން ހުށަހަޅާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.
އެލް ސަލްވަޑޯ އިން މިގޮތަށް ހުށަހެޅުމުން އެމެރިކާއިން ބުނެފައިވަނީ މި ނިންމުމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވާ ކަމަށާއި ، މިފަދަ ހުށަހެޅުމެއް އެކުވެރި ދައުލަތަކުން ދުވަހަކުވެސް އެ ގައުމަށް ހުށަހަޅާފައި ނުވާކަމަށެއެވެ.
އެމެރިކާއިން މިހެން ބުނެފައިވަނީ އެލް ސަލްވަޑޯއަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ކުރެއްވި ދަތުރުފުޅުގައި ، އެ ގައުމުގެ ރައީސް ނައިޔްބް ބުކެލޭއާއި ބައްދަލު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މާކޯ ރޫބިއޯ އިތުރަށް ވިދާޅުވި ގޮތުގައި ނުރައްކާތެރި ކުށްވެރިން ގެ އިތުރުން ، އެމެރިކާގައި ގަވައިދާއި ހިލާފަށް އުޅޭ އެހެނިހެންް ގައުމުތަކުގެ ރައްޔިތުން ވެސް އެލް ސަލްވަޑޯ އިން ބަލައިގަންނާނެއެވެ.
ނަމަވެސް އެލް ސަަލްވަޑޯގެ ޖަލުތަކަށް އެންމެ ފުރަތަމަ ފޮނުވާލާނީ އެމެރިކާގެ ޖަލުތަކުގައި ތިބި ދެކުނު އެމެރިކާގެ ނުރައްކާތެރި ގޭންގްތަކަށް ނިސްބަތްވާ މެމްބަރުން ކަމަށް މާކޯ ބުނެފައިވެއެވެ. މިގޮތުން އެމް.އެސް 13 އަދި ޓްރެން ޑި އަރަގުއާ ގޭންގަށް ނިސްބަތްވާ ނުރައްކާތެރި ކުއްވެރިން ފޮނުވާލެވޭނެ ކަމަށް ބުނެފައިވެއެވެ.
މާކޯގެ ދަތުރުފުޅުގައި، ރައީސް ނައިޔްބް ބުކެލޭ އެގައުމުގެ ގޭންގްތަކާއި ދެކޮޅަށް ގެންގުޅުއްވާ ހަރުކަށި ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވެއެވެ.
މެދުތެރޭ އެމެރިކާގެ ގައުމެއް ކަމުގައިވާ އެލް ސަލްވަޑޯ އަކީ ކުރިން ގޭންގް ހަމަނުޖެހުން މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު ގައުމެވެ.
އިންސާނީ ހައްގުތަކާ ބެހޭ ގިނަ ޖަމްއިއްޔާތަކުގެ ފާޑު ކިޔުމަށް ބެލުމެއް ނެތި، ބުކެލޭ ވަނީ ޝަރީއަތަކާއި ނުލައި އެތަކެއް ހާސް ގޭންގް މެމްބަރުން ބަންދުކޮށްފައެވެ. އަދި ކުރިން ދުނިޔޭގެ ''މާޑާ ކެޕިޓަލް" ގެ ގޮތުގައި މަޝްހޫރުވެފައި އޮތް ގައުމު ، މިހާރު މެދުތެރޭ އެމެރިކާގައި އޮތް އެންމެ އަމާން ގައުމަށް ހައްދަވާފައެވެ.
ބުކެލޭގެ ޒަައާމަތުގައި 75000 އަށް ވުރެ ގިނަ ގޭންގް މެމްބަރުން މިހާތަނަށް ބަންދު ކޮށްފައިވާ ކަމަށް އެމްނެސްޓީ ފަދަ ޖަމާއަތްތަކުން ވަނީ ބުނެފައެވެ.
ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ ބުކެލޭ ވެރިކަމާއި ހަވާލުވުމަށް ފަހު، ގޭންގްތަކާއި ދެކޮޅަށް ފެށި ހަނގުރާމައިގައި ވަނީ ދުސްތޫރީ މުހިއްމު ހައްގުތައް ސަސްޕެންޑްކޮށް، ޝަރުއީ ނިޒާމް އަލުން ބައްޓަންކޮށްފައެވެ.
އެގައުމުގެ އަށްޑިހަ އިންސައްތަ ރައްޔިތުންގެ ތާއީދާއެކު ވެރިކަމުގެ ދެވަނަ ދައުރަކާއި ބުކަލޭ ވަނީ މިހާރު ހަވާލުވެފައެވެ. ބުކޭލޭ ދެވަނަ ދައުރަށް ހޮވުނު އިރު އެގައުމުގައި މީހުން މަރާ ނިސްބަތްވަނީ ވަރަށް ބޮޑަށް މަދު ކުރެވިފައެވެ. މިހާރު ގޭންގް ހަމަނުޖެހުންތަކުގައި މަރުވާ މީހުންގެ ނިސްބަތް ވަނީ އަހަރަކު ކޮންމެ 100،000 މީހުންގެ ތެރެއިން 18 މީހުންނަށް ތިރި ކުރެވިފައެވެ.
ބުކެލޭ ވެރިކަމާއި ފުރަތަމަ ހަވާލުވި އިރު އެ ގައުމުގައި އަހަރަކު ކޮންމެ 100،000 މީހުންގެ ތެރެއިން 120 މީހުން މަރާލައެވެ.
ވެރިކަމާއި ހަވާލުވުމަށް ފަހު ވަރަށް ބޮޑަށް މަގުބޫލުކަން އިތުރުވެގެން ދިޔަ ބުކެލޭ ސޯޝަލް މީޑިޔާ ޕްލެޓް ފޯމް އެކްސް ގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއިން ގެންނަ ނުރައްކާތެރި ކުއްވެރިންނަށް އޭނާގެ ގައުމާއި އެ ގައުމުގެ ޖަލުތައް ތައްޔާރަށް އޮތްކަމަށެވެ.ނަމަވެސް މި ކަަމަށް އެމެރިކާ އަތުން ފީ އެއް ނަގާނެ ކަމަށް ބުކެލޭ ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން