"އެއީ އަހަރެންގެ ފުރާނާއިގެ ފުރާނަ" މިބަސްކޮޅާއި އެކު އެތައްބައެއްގެ ސަމާލުކަން ހޯދި ފަލަސްޠީނުގެ ކާފަ އިޒްރާއިލްގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.
ތިން އަހަރުގެ ކާފަ ދަރިފުޅު ރީމްގެ ޝަހީދުވެފައިވާ ހަށިގަނޑު އުނގަށްލައިގެން ހިތާމަ ފާޅުކުރަމުންދިޔަ މަންޒަރާއި އޭނާގެ ވޭނީ ބަސްތަކާއި އެކު މަޝްޙޫރު ވެގެންދިޔަ ޚާލިދު ނަބްޙާން ޝަހީދުކޮށްލައިފައިވަނީ ފަލަސްޠީނުގެ ނުސައިރަތް ކޭމްޕަށް ހޯމަދުވަހު ހެނދުނު އިޒްރާއިލުން ދިން ހަމަލާއެއްގައެވެ.
އިތުރު ދެމީހަކުވެސް ޝަހީދުވި މިހަމަލާ އިޒްރާއިލް ސިފައިން ދީފައިވަނީ ނުޞައިރަތް ކޭމްޕް ކައިރީގައި އޮންނަ ސަހަރާއަކާއި ގާތުން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ނުވެމްބަރު މަހުގައި ޚާލިދުގެ ގެއަށް އަމާޒުކޮށްގެން އިޒްރާއިލް ސިފައިން ދިން ހަމަލާގައި ތިން އަހަރުގެ ކާފަ ދަރިފުޅު ރީމްގެ އިތުރުން، ފަސް އަހަރުގެ ކާފަ ދަރިފުޅު ޠާރިޤްވެސް ޝަހީދުކޮށްލިއެވެ.
އިޒްރޭލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގައި 41000އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި 16000އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން