Monday, November 23
113 އަށްވުރެ ގިނަ ސްކޫލެއް އޭސީކޮށް ނިމިއްޖެ

ސަރުކާރު ސްކޫލްތައް އޭސީކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލެއް އޭސީކޮށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން އިއްޔެ އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން 80 ހޯލެއްގައި ވެސް ވަނީ އޭސީ ހަރުކޮށްފައެވެ.

ރާއްޖޭގައި ސަރުކާރުގެ 217 ސްކޫލް ހުންނައިރު، އެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީކުރުމުގެ އަމާޒާއެކު "ކޫލް ސްކޫލް" މަޝްރޫޢު ފެށީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި ހަރުކުރުމުގެ މަސައްކަތަށް ފެނަކަ ކޯޕަރޭޝަނާއެކު ސޮއިކުރީ މިދިޔަ އަހަރުއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 54 މިލިއަން ރުފިޔާއަށެވެ.

ބައެއް ރަށްރަށުގެ ކަރަންޓު ނެޓްވޯކު އެކަމަށް އެކަށީގެންވާ ފެންވަރުގައި ނެތުމަކީ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކުރިމަތިވި ގޮންޖެހުމެއް ކަމަށް ފެނަކައިން ކުރިން ވަނީ ބުނެފައެވެ.

މި މަޝްރޫޢަކީ ކްލާސްރޫމްތަކުގައި ހޫނުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ކުރިމަތިވާ އުނދަގޫތަކަށް ޙައްލެއް ހޯދައި، ދަރިވަރުންނަށް އުނގެނުމަށް ފަހި އަރާމު މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު