ދިވެހިރާއްޖޭގެ ޤައުމީ ސީނިއާ ބެޑްމިންޓަން ޓީމު އެކުލަވާލުމަށްޓަކައި ކުރިއަށްދިޔަ ސެލެކްޝަން މެޗުތަކުގައި އެންމެ މަތިން ޕޮއިންޓް ހޯދައިގެން، އުމުރުން 14 އަހަރުގެ ޔަލްވީ ހުސައިން ޒުހުރީ ވަނީ ޤައުމީ އަންހެން ސީނިއަރ ޓީމުން އަނެއްކާވެސް ޖާގަ ކަށަވަރުކޮށްފައެވެ.
މާލޭ ކުޅިވަރު އެކުވެނީގައި އޮކްޓޯބަރު 13 އިން 16 އަށް ކުރިއަށްދިޔަ މި ސެލެކްޝަން މެޗުތަކުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ ރާއްޖޭގެ ރޭންކިންއަށް ބަލައި ހޮވާލެވުނު ކުޅުންތެރިންތަކަކައްށެވެ. ޤަވާއިދުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ރޭންކިންގެ އެއްވަނަ އަދި ދެވަނައިގައި ހިމެނޭ އަންހެން އަދި ފިރިހެން ކުޅުންތެރިން ވަނީ އިތުރު ސެލެކްޝަން މެޗުތަކެއް ކުޅުމަކާ ނުލައި ސީދާ ޤައުމީ ސްކޮޑުން ޖާގަ ހޯދާފައެވެ.
އަލަށް އެކުލަވާލެވުނު ޤައުމީ ޓީމުގެ ކުޅުންތެރިން
| އަންހެން ޓީމު | ފިރިހެން ޓީމު |
|---|---|
| ފާތިމަތު ނަބާހާ އަބްދުއްރައްޒާގު | ހުސެއިން ޒަޔާން ޝަހީދު ޒަކީ |
| އައިމިނަތު ނަބީހާ އަބްދުއްރައްޒާގު | ނިބާލް އަހްމަދު |
| ޔަލްވީ ހުސައިން ޒުހުރީ | ހައިޝަމް އިބްރާހިމް އަލީ |
| އައިމިނަތު އަމްނާ އަލީ އާމިރު | ހަސަން ޒަޔާން މުހައްމަދު |
| ޝުބާ މުހައްމަދު ޝަރީފް | މުހައްމަދު އަޖްފާން ރަޝީދު |
| ލައިބާ އަހްމަދު މަހްލޫފް | އައްޔޫބް އަޒްހަރު މުހައްމަދު |
ޣިޔާޡުއްދީން އިންޓަރނޭޝަނަލް ސްކޫލު ގްރޭޑް 9 ގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ޔަލްވީ ބެޑްމިންޓަން ކުޅެން ޝައުޤުވެރިވީ އުމުރުން އެންމެ އަށް އަހަރުގައެވެ. ޔަލްވީ ބެޑްމިންޓަނުން ވަނީ މިހާތަނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތައް މުބާރާތެއްގައި ވާދަކޮށް ރަގަނޅު ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.

ޔަލްވީގެ ފާއިތުވި ދެއަހަރުގެ ކާމިޔާބީތައް
2026 ވަނަ އަހަރު
50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް ( 2026):
17 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
17 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް ޗެމްޕިއަން
ޓީމް އިވެންޓް: 1 ވަނަ ޑިވިޜަން އަންހެން ރަނަރަޕް
4 ވަނަ އައިބާ އޯޕަން ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް (2026):
15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
ފިލިޕީންސް އިންޓަރނޭޝަނަލް ސީރީޒް (2026) ގައި ވަނީ ބައިވެރިވެފައެވެ.
އޭދަފުށި ބެޑްމިންޓަން ކަޕް (2026):
އޯޕަން ކެޓަގަރީ އަންހެން ޑަބަލްސް ޗެމްޕިއަން
މިކްސްޑް ޑަބަލްސް 3 ވަނަ
ޖޫނިއަރ ކެޓަގަރީ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން 17 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް ރަނަރަޕް
ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް (2026):
ގްރޭޑް 9 އަދި 10 ގެ ޓީމް އިވެންޓް – ޗެމްޕިއަން
ގްރޭޑް 9 އަދި 10 ގެ އޯޕަން އިވެންޓް އަންހެން ސިންގަލްސް – ޗެމްޕިއަން
ގްރޭޑް 9 އަދި 10 ގެ އޯޕަން އިވެންޓް އަންހެން ޑަބަލްސް – ޗެމްޕިއަން
ގްރޭޑް 9 އަދި 10 ގެ އޯޕަން އިވެންޓް މިކްސްޑް ޑަބަލްސް – ޗެމްޕިއަން
ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް ( 2026):
ޖޫނިއަރ ކެޓަގަރީ 15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
އޯޕަން ކެޓަގަރީ: އަންހެން ސިންގަލްސް 3 ވަނަ
ބެޑްމިންޓަން އޭޝިއާ (ދެކުނު އޭޝިއާ) ރީޖަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް - ޕާކިސްތާން (2026): ޤައުމު ތަމްސީލުކުރުމަށް ވަނީ ހޮވިފައެވެ. ނަމަވެސް ރާއްޖެ ވަނީ މުބާރާތުން ވަކިވެފައެވެ.

2025 ވަނަ އަހަރު
ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025:
15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
ޝަޓްލް ފްލޭޝް ޖޫނިއަރ އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕް (މެލޭޝިއާ):
15 އަހަރުން ދަށުގެ ޑަބަލްސް ރަނަރަޕް
ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025:
15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
ކުރިއަށް އޮތް ތަނުގައިވެސް ޤައުމީ އަދި ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރާއްޖެއަށް އިތުރު ރީތި ނަމާއި މެޑެލްތައް ހޯދައިދީ، ކުޅިވަރު ކެރިއަރުގައި އެދެވޭ ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރުމަށް "ސަބަބު އޮންލައިން" ގެ ފަރާތުން ޔަލްވީއަށް އިޚްލާޞްތެރިކަމާއެކު، ކާމިޔާބު މުސްތަޤުބަލަކަށް އެދެމެވެ.






