Wednesday, October 14
ފުޑް ކާނިވަލުގެ ދިރާގު ސްޓޯލުން އަގުހުރި އިނާމުތަކާއި ފޯރިގަދަ ހަރަކާތްތަކެއް
މޯލްޑިވްސް ފުޑް ކާނިވަލް 2026 ގައި ބައިވެރިވާ ދިރާގުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ހަރަކާތްތަކަކާއި، ހާއްސަ އޮފާތަކެއްގެ އިތުރުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ 15 އިން 18 ގެ ނިޔަލަށް ކުރިއަށްދާ މި ކާނިވަލް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 04:00 އިން ރޭގަނޑު 11:30 އަށެވެ. މި އިވެންޓުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވާއިރު، އެ ކުންފުނީގެ ސްޓޯލުން ދިރާގުގެ އެންމެ ފަހުގެ ހިދުމަތްތަކުގެ މައުލޫމާތު ލިބުމުގެ އިތުރުން ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކުރާ ފޯރިގަދަ ގޭމިން ހަރަކާތްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ވެސް އާންމުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލޭ ޑޭޓާ އާއި "ދިރާގު ޕޭ" މެދުވެރިކޮށް ހާއްސަ ކޭޝްބެކް ރިވޯޑްސް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ސްޓޯލަށް ގޮސް ވަކި ހާއްސަ ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބޭ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭއިރު، މީގެ ތެރޭގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލްއަކާއި ނެސްޕްރެސޯ ކޮފީ މެޝިނެއް ހިމެނެއެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް ގުޅިގެން ބާއްވާ މި ފުޑް ކާނިވަލަކީ ދިވެހި އަމިއްލަ ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ކާބޯތަކެތީގެ ބްރޭންޑްތަކަށް އެ ފަރާތްތަކުގެ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު