21 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުންނާއި އައު ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ ޚާއްސަ އޮފާތަކަކާއި އައު ޚިދުމަތްތަކެއް ތަޢާރަފުކޮށްފައެވެ. އެގޮތުން، އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ސްޕޭމް ކޯލްތަކުން ރައްކާތެރިވުމަށް ސީދާ އުރީދޫ ބިލަށް އަރާގޮތަށް ޓްރޫކޯލާ ޕްރީމިއަމްއަށް ސަބްސްކްރައިބް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ އިތުރުން، 5G އެއާފައިބާ ކަސްޓަމަރުންނަށް ކުދިން އިންޓަނެޓް ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރެވޭ "ޗައިލްޑްސޭފް" ޕޭރެންޓަލް ކޮންޓްރޯލް ޚިދުމަތްވެސް ވަނީ ތަޢާރަފުކޮށްފައެވެ.
އަހަރީ ދުވަހުގެ ޚާއްސަ އޮފާތަކުގެ ތެރޭގައި، އޮގަސްޓު 1 ވަނަ ދުވަހު އުރީދޫ ސުޕާ އެޕް މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނަށް 1 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ 21 GB ގެ ހިލޭ ޑޭޓާ ޕެކެއް ލިބޭނެއެވެ. އަދި ސުޕާ އެޕް މެދުވެރިކޮށް މާސްޓާކާޑުން 400 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 2 މީހުންނަށް މެލޭޝިއާއަށް ދިއުމުގެ ދެކޮޅު ޓިކެޓް ލިބޭއިރު، 400 ރުފިޔާއިން މަތިން ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް މޯލްޑިވިއަން މެދުވެރިކޮށް ބަންގްލަދޭޝްގެ ޑާކާއަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ. މީގެ އިތުރުން، 1,000 ރުފިޔާއިން މަތީގެ ކްލަބް ޕްރިމިއާ ޕްލޭންތަކަށް ބަދަލުވާ ފުރަތަމަ 100 ކަސްޓަމަރުންނަށް 100 ރުފިޔާގެ 'ހުއޯޕަން' ވައުޗަރެއް ލިބޭނެއެވެ. ސުޕާނެޓް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް ފުރަތަމަ 3 މަސްދުވަހު ކުރީގެ އަގުގައި އަޕްގްރޭޑްކުރި ސްޕީޑް ލިބުމުގެ އިތުރުން، 21 ރުފިޔާއަށް 21MBPS ސްޕީޑުގައި 7 ދުވަހަށް 21GB ލިބޭ އެޑް-އޮންއެއްވެސް ވަނީ ހުޅުވާލާފައެވެ.



