އާދިއްތަ, October 11
ޕިޓްބުލް، ފޭނުންނާއެކު ދުނިޔޭގެ ރެކޯޑެއް ހަދައިފި

އެމެރިކާގެ މަޝްހޫރު އަދި ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރެޕް ލަވަކިޔުންތެރިޔާ ޕިޓްބުލް، ތަލަކަން ދައްކުވައިދޭ ގޮތަށް ކެޕެއް އަޅައިގެން ނުވަތަ  "ބޯލްޑް ކެޕް" އަޅައިގެން އެންމެ ގިނަ މީހުން އެއްވި ގިނީސް ވޯލްޑް ރެކޯޑް ފުރަތަމަ ފަހަރަށް ގާއިމްކޮށްފިއެވެ.

މިއަދު ލަންޑަންގެ ހައިޑް ޕާކުގައި ބޭއްވި "ބްރިޓިޝް ސަމާ ޓައިމް" (ބީއެސްޓީ) ފެސްޓިވަލުގައި ޕިޓްބުލް ޝޯފެށުމުގެ ކުރިން، ޖުމްލަ 22،141 ސަޕޯޓަރުން ވަނީ މި ކެޕް އަޅައިގެން އެއްވެފައެވެ. މީގެ އިތުރުން، ގިނަ ފޭނުން ވަނީ ޕިޓްބުލްގެ ޚާއްސަ ސްޓައިލް ދައްކުވައިދޭގޮތަށް ކޯޓު ފަޓުލޫނާއި ނުވަތަ ކަޅު ޓައި، ކަޅު އަވިއައިނާއި، އަދި ތުނބުޅި ވެސް ބޭނުންކޮށްފައެވެ.

އުމުރުން 45 އަހަރުގެ މި ހިޕްހޮޕް އާޓިސްޓަށް ރެކޯޑުގެ ސެޓިފިކެޓް ހަވާލުކުރުމުގެ ކުރިން އޭނާ ބުނީ، މިއީ ރެކޯޑް މުގުރާލެވުން ތާރީޚީ ވަގުތެއް ކަމަށެވެ. އަދި ޕިޓްބުލް ވަނީ ލަންޑަނަށާއި، އޭނާގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ފަހަކަށް އައިސް ޕިޓްބުލްގެ ޝޯތަކަށްދާ ފޭނުން އޭނާގެ ސްޓައިލަށް ހެދުން އަޅައިގެން ދިއުމަކީ ދުނިޔޭގެ އެކި ކޮޅުތަކުގައި ވަރަށް ބޮޑު ޓްރެންޑަކަށް ވަނީ ވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު