Monday, November 23
ވޯލްޑް ސްކޮލާސް ކަޕުގައި ބިލަބޮންގް ހައިގެ ދަރިވަރުން ފަޚުރުވެރި ނަތީޖާތަކެއް ހޯދައިފި

އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި ބޭއްވި ވޯލްޑް ސްކޮލާސް ކަޕުގެ "ޓޯނަމަންޓް އޮފް ޗެމްޕިއަންސް"ގައި ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ވާދަކޮށް، ފަޚުރުވެރި ނަތީޖާތަކެއް ހޯދައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ މޮޅެތި ދަރިވަރުންގެ ޢިލްމީ ޤާބިލުކަމާއި އުފެއްދުންތެރިކަން ވަޒަންކުރާ މި މުބާރާތުގައި މިއަހަރު 400 އަށްވުރެ ގިނަ ޓީމަކާއި 1,200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. ރާއްޖެ ތަމްސީލުކޮށް މުބާރާތުގެ ފައިނަލް މަރުޙަލާގައި ވާދަކޮށްފައިވަނީ ބިލަބޮންގް ހައިގެ ހަތަރު ދަރިވަރުންނެވެ.

"ޓީމު 365"ގެ ގޮތުގައި ވާދަކުރި ކާހިލް އަސީލް، އައިޒް އަލީ އަޒްވަރު އަދި ބިލާލް ޝަފްރާޒް ވަނީ ދުނިޔޭގެ މޮޅު 15 ޓީމުގެ ތެރޭގައި ހިމެނި، މުޅި މުބާރާތުން 13 ވަނަ ހޯދާފައެވެ. އެ ޓީމުން މުބާރާތް ނިންމާލީ 27 ރަން މެޑައްޔާއި 2 ރިހި މެޑަލް ހޯދައިގެންނެވެ.

މީގެ އިތުރުން، އެހެން ޓީމެއްގެ ތެރެއިން ވާދަކުރި އެ ސްކޫލްގެ ދަރިވަރު އައިޝަތު އަލީޝާ ވެސް ވަނީ ރަން މެޑަލަކާއި ދެ ރިހި މެޑަލް ހޯދާފައެވެ.

ވަކިވަކި ދަރިވަރުންގެ ބައިން ކާހިލް އަސީލް ވަނީ 1,200 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން 13 ވަނަ ހޯދައި، މުބާރާތުގެ ހަ މާއްދާއިން ވެސް ރަން މެޑަލް ކާމިޔާބުކޮށްފައެވެ. މުބާރާތުން އޭނާ ޖުމްލަ 14 އަށްވުރެ ގިނަ ރަން މެޑަލް ހޯދިއެވެ.

ކާހިލް ބުނީ، ދިވެހި ދަރިވަރުންނަށް ވެސް ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެކަން މި ކާމިޔާބީއިން ސާބިތުކޮށްދެވުނު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު