އީރާނުން އާންމުންނަށް އަމާޒުކޮށްގެން ބޮޑު މޮބިލައިޒޭޝަން (އާންމުން އެއްކުރުމުގެ) ކެމްޕޭނެއް ފަށައިފިއެވެ. "ޖާންފަދާ" (ފުރާނަ ގުރުބާންކުރާ މީހުން) ގެ ނަމުގައި ފެށި މި ހަރަކާތުގެ ދަށުން، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ބަސީޖް މިލީޝިއާ މެދުވެރިކޮށް އާންމުންނަށް އަސްކަރީ ތަމްރީނުދީ ހަތިޔާރު އެޅުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ކެމްޕޭނުގެ ދަށުން ތެހެރާންގެ އެކި ސަރަޙައްދުތަކުގައި ވަނީ އާރްޕީޖީއާއި ސްނައިޕަރ ފަދަ ހަތިޔާރުތަކުގެ ތަސްވީރުތައް ހިމެނޭ ބެނާތައް ދަމާފައެވެ. އަދި ހުކުރު ދުވަހު ތެހެރާންގައި ބޭއްވި ފުރަތަމަ އާންމު "އަސްކަރީ ތަމްރީނު" މާޗުގައި ކުޑަކުދިންނާއި އަންހެނުންގެ އިތުރުން ފިރިހެނުން ވަނީ ބައިވެރިވެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި މި ކެމްޕޭނުގައި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް މިއީ ހަމައެކަނި އަސްކަރީ ކަމެއް ނޫން ކަމަށާއި، މީގެ ތެރޭގައި މީހުން ސަލާމަތްކުރުމާއި، އިޖުތިމާއީ ޚިދުމަތްތަކާއި، މީޑިއާ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނޭ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.
މި ކެމްޕޭނުގައި 15 އަހަރުން މަތީގެ ފިރިހެން ކުދިންނަށް ރަޖިސްޓްރީވުމުގެ ހުއްދަ ދީފައިވާއިރު، 15 އަހަރުން ދަށުގެ ކުދިން ވެސް މި ހަރަކާތަށް ނެގުމަށް އަންނަނީ ރާވަމުންނެވެ. ކުޑަކުދިންނަށް މިފަދަ ކަންކަން އަމާޒުކުރުމުގެ ބޭނުމަކީ ގުރުބާންވުމާއި ދެކޮޅުވެރިވުމުގެ ސަގާފަތަށް އެކުދިން އަހުލުވެރިކުރުވުން ކަމަށް ވެރިން ބުނެއެވެ.
މުޙައްލިލުން ފާހަގަކުރާ ގޮތުގައި މިފަދަ ބޮޑު ކެމްޕޭނެއް ހިންގުމުގެ ފަހަތުގައި މައިގަނޑު ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި އެމެރިކާއާއި އިސްރާއީލާ އެކު އުފެދިފައިވާ ހަނގުރާމައިގެ ހޫނުކަމާއި، އީރާނުގެ ކަނޑުގެ ސަރަހައްދުތައް ބަންދުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ އަސްކަރީ ނުރައްކާތަކަށް ގައުމު ތައްޔާރުކުރުން ހިމެނެއެވެ.
މީގެއިތުރުން، ކުރިން ގައުމުގައި ހިނގާފައިވާ ބޮޑެތި މުޒާހަރާތަކާއި ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރަށް ކުރިމަތިވި ޕްރެޝަރުތަކަށްފަހު ދާޚިލީ މަސްލަހަތު ހިފެހެއްޓުމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތައް އޯގަނައިޒްކޮށް ބާރުވެރިކުރުވުމާއި، ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަމާއި، ތެލާއި ކަރަންޓުގެ ދަތިކަމުގައި ރައްޔިތުންގެ ފަރާތުން އަމަލީ އެއްބާރުލުން ހޯދައި ވަސީލަތްތައް މަދުކޮށްގެން ބޭނުންކުރުމަށް ބާރުއެޅުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން



