ބޭނުންވާ ތަކެތި
މޮޗީ ތައްޔާރުކުރުމަށް:
- 110 ގްރާމް ގްލޫޓިނަސް ހަނޑޫ ފުށް
30 ގްރާމް ކޯންސްޓާޗް
30 ގްރާމް ގްރެނިއުލޭޓެޑް ހަކުރު
170 އެމްއެލް ރޯ ކިރު
20 ގްރާމް އަންސޯލްޓެޑް ބަޓަރު
ކުޑަކުޑަރަތް ކުލަ ކޮޅެއް
ފިލިންގ އަށް:
- 260 ގްރާމް ހެވީ ކްރީމް
- 50 ގްރާމް ކްރީމް ޗީޒް
- 30 ގްރާމް ގްރެނިއުލޭޓެޑް ހަކުރު
ސްޓްރޯބެރީ ސޯސް ތައްޔާރުކުރާނެ ގޮތް
ސްޓްރޯބެރީ ސޯސް ތައްޔާރުކުރުމަށް 300 ގްރާމް ތާޒާ ސްޓްރޯބެރީ ކޮށާފައި، 50 ގްރާމް ހަކުރު އަދި 1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް ބޭނުންވާނެއެވެ. މި ތަކެތި އެއްކޮށް މަޑުގިނީގައި ކައްކާލާށެވެ.
މޯޗީ ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ގްލޫޓިނަސް ހަނޑޫ ފުށް، ކޯންސްޓާޗް، ހަކުރު އަދި ރޯ ކިރު ތަށްޓަކަށް އަޅައި ރަތް ކުލަކޮޅާއެކު ރަނގަޅަށް އެއްކޮށްލާށެވެ. މިކްސްޗަރ ތަވައަކަށް އަޅައި މަޑު އަލިފާނެއްގައި ދޭފަތަކުން އެއްކުރަމުން ގެންދާށެވެ. އޮލަވާން ފެށުމުން ބަޓަރު އަޅައި ރަނގަޅަށް އެއްކުރާށެވެ. ފުށްގަނޑު މޭޒުމަތީގައި ރަނގަޅަށް މޮޑެވެންދެން މޮޑުމަށްފަހު، ދިގަށް ދަމައި، ހަމަހަމަ ސައިޒުގެ ގުޅަތަކަކަށް ކަފާލާށެވެ.
ފިލިންގ ތައްޔާރުކުރުމާއި އެސެމްބްލް ކުރުން
ކްރީމް ޗީޒް، ހަކުރު އަދި ހެވީ ކްރީމް ރަނގަޅަށް އެއްކޮށް ޕައިޕިންގ ކޮތަޅަކަށް އަޅާލާށެވެ. މޯޗީ ގުޅަތައް ތަންކޮޅެއް ދަމާލުމަށްފަހު ވަށް ތަށްޓެއްގައި ބަހައްޓައި، މެދަށް ކްރީމް ފިލިންގ އަޅައި، ސްޓްރޯބެރީ ސޯސް އިތުރުކުރާށެވެ.
އިތުރު ކްރީމް ލޭޔަރއަކުން ކަވަރުކޮށް، ހަތަރު ފަރާތުން މޯޗީ ފުށްގަނޑު ގެނެސް ރީތިކޮށް ބަންދުކުރާށެވެ.
މިހާހިސާބުން ތިޔަބޭފުޅުންގެ ސްޓްރޯބެރީ މޯޗީ ތައްޔާރީވީއެވެ. މިއީ ރޯދަވީއްލާގަޑީގެ ނާސްތާއަށް އަދި ތަރާވީސްދަމަށްވެސް ހަމައެއްވަނައިގެ ރަހައެކެވެ،
މި ލިޔުން ކިޔާލުމުން