އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 18:43 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އިރުކޮޅެއްގެ ތެރޭގައި އެއީ 18:50 ހާއިރު ވަނީ އަލިފާން ފުރިހަމައަށް ނިއްވާލެވިފައެވެ.
މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.






