ިއަދު ކިއުންތެރިންނަށް މި ގެނެސްދެނީ ޓޫނާ ބޭނުންކޮށްގެން ހަދާ މީރު ސެލެޑެކެވެ. މި ސެލެޑަކީ ރޯދަ ވީއްލާ ގަޑިއަށް ލުއި ގޮތެއް ހަދަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ސެލެޑެކެވެ. އާފަލުވެސް އަޅައިގެން ހަދާ މި ސެލެޑް ވަރަށް މީރުވާނެއެވެ.
ޓޫނާ އެގް ސެލެޑް
1 ދަޅު މަސް
¼ ބެލްޕެޕަރ ( ރީނދޫ )
¼ ބެލްޕެޕަރ ( ރަތް )
¼ ބެލްޕެޕަރ ( ފެހި )
1 ކުޑަ ފިޔާ
1 ބިސް ފެނު ކައްކާފައި
ބޭބީ ކޭލް
ޓޮމާޓޯ ( ރަތް، ރީނދޫ )
¼ އެވޮކާޑް
¼ ފެހި އާފަލު
ޗީޒް
ޗިލީ ފްލޭކްސް
ލޮނު، އަސޭމިރުސް ( ރަހަލާ ވަރަތް )
1 ލުނބޯ
2 މެޒުމަތީ ސަމްސާ އޮލިވް އޮއިލް
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ހުރިހާ އެއްޗެއް ކޮށާލުމަށް ފަހު، މަސްދަޅާ ފިޔާ، ލުނބޯ، ލޮނު އަދި އޮލިވް އޮއިލް އަޅާ މޮޑެލާށެވެ. އެއަށްފަހު ބިހާއި ޗީޒް ނޫން ހުރިހާ އެއްޗެއް މިކްސް ކޮށްލާށެވެ. ސާވް ކުރާ ކުރި ބިސް ދެފަޅިކޮށް ފައި ޗީޒް ވެސް ވަކިން ވެސް ކެވިދާނެއެވެ. ނުވަތަ ބޭނުންނަމަ ޗީޒްވެސް މަހާއި އެކު މިކްސް ކުރެވިދާނެއެވެ.
މި ލިޔުން ކިޔާލުމުން