Saturday, October 31
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 50 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކުރި

2026 ވަނަ އަހަރުގެ އޮގަސްޓް މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 19 މައްސަލައެއް ވަނީ އޮގަސްޓް މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 16 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 03 މައްސަލައެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުން އަދި އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 15 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 15 މައްސަލައެކެވެ.

މިދިޔަ މަހު އެ ވުޒާރާއަށް ރިޕޯޓުކުރި މިފަދަ މައްސަލަތަކުގެ ތެރޭގައި ޖިންސީ ހާނިއްކަ ކުރުމުގެ 09 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 04 މައްސަލައާއި، އިހުމާލު ވުމުގެ 01 މައްސަލައިގެ އިތުރުން  ބްލެކްމެއިލް ކުރުމުގެ 01 މައްސަލަ އަދި ނުރުހުމުގައި ނުވަތަ އިޚްތިޔާރާ ދެކޮޅަށް މިނިވަންކަން ހަނިކުރުން ނުވަތަ ހިފެހެއްޓުމުގެ 01 މައްސަލަ ހިމެނެއެވެ.

އެ ވުޒާރާއިން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާ ގުޅޭ 45 މައްސަލައަކާއި ފިރހެނުންނާ ގުޅޭ 05 މައްސަލަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު