ދޮންކޭލަކީ ރޯދަމަހު ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. ބައެއް މީހުން ހާރުކާގަޑީގައި ވެސް ކައެވެ. އެހެން ނަމަވެސް މިއަދު މި ގެނެސްދެނީ ރޯދަ ވީއްލާ ގަޑީގައި ކާން މީރު ކާއެއްޗެކެވެ.
ބޭނުންވާ ތަކެތި
- 2 ޖޯޑް ފުށް
- 2 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ
- 1.5 ޖޯޑް ޗަސްކޮށްފައި ހުރި ދޮންކެޔޮ
- 2 ބިސް
- 1.5 ޖޯޑް ކިރު
- 1 ސައިސަމްސާ ފޮނިތޮށި
- ކުޑަ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފުށް، ބޭކިންގ ޕައުޑަރ ފޮނިތޮށި އަދި ލޮނު މިކްސް ކޮށްލާށެވެ. އެއަށްފަހު ދޮންކޭލާ ބިހާ ރަނަގަޅަށް މިކްސްކޮށްލާށެވެ.ދެން ކިރު އަޅާ މިކްސް ކުރުމަށް ފަހު ހުރިހާ ހިކި ތަކތި އެއްކޮށްލާށެވެ.
ދެން ތަވާ ހޫނުކުރުމަށް ފަހު ޔެތޮ ނުވަތަ ބަޓަރުކޮޅެއް ހާކާލާ ފިހެލާށެވެ. ކޮންމެ ޕޭންކޭކަކަށް ޖޯޑެއްގެ ތިންބައި ކުޅަ އެއްބައި ހުންވަރު ރަނގަޅުވާނެއެވެ. ގާތްގަޑަކަށް މީގެއިން 8 ޕޭންކޭކް ތައްޔާރުކުރެވޭނެއެވެ.
ޕޭންކޭކް އިތުރަށް ފޮނިކޮށްލަން ބޭނުންނަމަ މެޕްލް ސިރަޕް ނުވަތަ މާމުއިކޮޅެއް އަޅާލާށެވެ. އަދި ކޮށާފައި ދޮންކެޔޮ ޕޭންކޭކްގެ މައްޗަށްވެސް އެޅިދާނެއެވެ.
މި ލިޔުން ކިޔާލުމުން