އާދިއްތަ, November 1
ސަބަބު ރެސިޕީ: އީޒީ ޗޮކުލެޓު މޫސް

ޗޮކުލެޓު މޫސް އަކީ ޗޮކުލެޓަށް ލޯބިކުރާ އެންމެންވެސް ގަޔާވާނެ އެއްޗެއްކަން ޔަޤީނެވެ. މިއީ ތައްޔާރުކޮށްލަން ފަސޭހަ އަދި ކާލަން އެހާމެ މީރު ޑިޒާޓެކެވެ.

ބޭނުންވާނެ ތަކެތި:

1 ½ ޖޯޑު ވިޕިންގ ކްރީމް

¼ ޖޯޑު ކޮކޯ ޕައުޑަރ

½ ޖޯޑު އައިސިންގ ޝުގަރ

½ ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ހޭންޑް މިކްސަރަކުން ވިޕިންގ ކްރީމް ބޯވަންދެން ގިރާށެވެ. އޭގެ ތެރެއަށް ވެނީލާ އެސެންސް، ކޮކޯ ޕައުޑަރ އަދި އައިސިންގ ޝުގަރ އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން މަޑުމަޑުން ގިރަމުންދާށެވެ. ތައްޔާރުކުރި ޗޮކުލެޓު މޫސް ޓްރޭއަކަށް އެޅުމަށްފަހު 2 ގަޑިއިރު ވަންދެން ފިނިކުރަން ފުރިޖަށް ލާށެވެ. ބޭނުންނަމަ ސްޓްރޯބެރީ ނުވަތަ ވިޕިންގ ކްރީމާއެކު ސާވްކޮށްލާށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު