Saturday, October 31
މަގުމަތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ހަރަކާތެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ހަރަކާތެއް އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މަހު 15 ވަނަ ދުވަހު ގަން ޕޮލިހުން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެކްސިޑެންޓްތައް މަދުކުރުމަށާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވައި އަދި މަގުތަކުގެ އަމާންކަން ކަށަވަރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މިގޮތުން މި ހަރަކާތުގައި، ޓްރެފިކް ގަވާއިދުތަކާ ގުޅޭ މުހިންމު މައުލޫމާތު ހިއްސާކޮށް، ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ނަސޭހަތްތެރިވެ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ހަނދާންކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަގުމަތީގެ އަމާންކަން ގާއިމުކޮށް އެކްސިޑެންޓްތައް މަދުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށާއި، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އަމާން މުޖުތަމައަކަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު