ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ، މިއަދު ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގައި ބެހެއްޓިފައިވާ، ނިޝާން އިއްޒައްދީން އިއްޒަތުގެ ވެރިޔާ އަލްމަރުހޫމް ޙަސަން ޞާބިރު ގެ ތަޢުޒިޔާގެ ފޮތުގައި ސޮއިކުރައްވައި، އެމަނިކުފާނަށް އިޙްތިރާމް އަދާކުރައްވައިފިއެވެ.
އަލްމަރުޙޫމް ޙަސަން ޞާބިރު ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. އެމަނިކުފާނަކީ ވަޒީރެއްގެ ހައިސިއްޔަތުންނާއި، އެހެނިހެންވެސް އެތައް މަޤާމުތަކެއްގައި ހުންނަވައި ޤައުމަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުގެ އިސް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އާންމު ރައްޔިތުންނަށް ތައުޒިޔާ ފޮތުގައި ސޮއިކުރެއްވުމަށް ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެފޮތުގައި ބައެއް ވަޒީރުން މިހާރުވެސް ވަނީ ސޮއިކުރައްވާފައެވެ. ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާގެ ވަޒީރު ޑރ.މަރިޔަމް މާރިޔާވެސް އިއްޔެ ވަނީ ސޮއިކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން