Friday, November 6
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ހޮޓަލެއް ހަދަން ބީލަމަށް ހުޅުވާލައިފި

ކ. މާފުށީގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށްޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބީލަމަށް ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުންނެވެ.

ބައިނަލްއަގްވާމީ ގޮތުން ވާދަވެރި ބީލަމަކަށް ހުޅުވާލާފައިވާއިރު، މި ބީލަމުގައި ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ބިޑުކުރެވޭނެއެވެ.

ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ 15:00 އާ ހަމަޔަށް ވަނީ ރެޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރެޖިސްޓާ ކުރުމަށްފަހު، ފީގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި 800،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

ބިޑު ހުށަހެޅުމަށް ހުޅުވާލާނީ އިއުލާނުގައިވާ ގޮތުން މި އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ 13:00 ގައި ހައްޖު ކޯޕަރޭޝަންގަ އެވެ.

ހައްޖު ކޯޕަރޭޝަނަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން ހަލާލް ޓޫރިޒަމަށް އިންވެސްޓުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު