ފުވައްމުލައް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓާ ގުޅިގެން، ފުވައްމުލަކުގެ ހަކަތައިގެ މައްސަލައިގައި އިއާދަކުރަނިވި ހަކަތައިގެ ބައި އިތުރުކުރުމާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ފުވައްމުލައް ސިޓީގެ ހަކަތަ އުފެއްދުމުގައި އިތުރަށް އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމުގެ ގޮތުންނެވެ.
މި ބައްދަލުވުމުގައި، ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ، ސޯލާ ޕީވީ ހަރުކުރުމަށް އިތުރު ޖާގަ ކަނޑައެޅުމުގެ ރާވައިފައިވާ ކަން ހާމަކުރައްވާފައެވެ. މޭޔަރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުމަށް ފުރުސަތު ހުޅުވާލުމަށް، ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީ.ޕީ.އޭ) މޮޑެލް ބޭނުންކުރުމަށް ރާވާފައިވާ ކަމަށެވެ.
މި ފިޔަވަޅުތަކުގެ ބޭނުމަކީ، ފުވައްމުލައް ސިޓީގެ ހަކަތަ އުފައްދާ ނިޒާމްތައް އިތުރަށް ފެހިކުރުމެވެ. އިއާދަކުރަނިވި ހަކަތައިގެ ބައި އިތުރުކުރުމަކީ ތިމާވެށްޓަށް ކުރާ އަސަރުތައް ކުޑަކުރުމުގެ އިތުރުން، ދިގު މުއްދަތުގައި ހަކަތައިގެ ޚަރަދު ކުޑަކުރުމަށްވެސް އެހީތެރިވެދޭނެ މުހިންމު ކަމެކެވެ.
މި ލިޔުން ކިޔާލުމުން