އާދިއްތަ, November 15
ރާއްޖޭގެ އާބާދީގެ ހާލަތު ދިރާސާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ޔޫ.އެން.އެފް.ޕީ.އޭ އާ ގުޅިގެން ކުރިއަށްގެންދާ ދިވެހިރާއްޖޭގެ އާބާދީގެ ހާލަތާ ގުޅޭ ދިރާސާ (ޕޮޕިއުލޭޝަން ސިޗުއޭޝަން އެނަލިސިސް - ޕީ.އެސް.އޭ) އާ ބެހޭގޮތުން ޕްރޮފެސަރ މުޙައްމަދު ޖަލާލް އަބްބާސީ-ޝަވާޒީ އާ މަޝްވަރާކުރައްވައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދިރާސާ އަކީ ދިވެހިރާއްޖޭގެ ތިމާވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ އާބާދީގެ މިސްރާބު ކަނޑައެޅުމުގައި އަދާކުރާ މުހިންމު ދައުރު ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ އަސާސީ ދިރާސާއެކެވެ. މި ދިރާސާއިން ލިބޭ މައުލޫމާތަކީ، އާބާދީއާ ގުޅޭ ގޮތުން ސިޔާސަތުތައް ކަނޑައެޅުމުގައި އަދި ކުރިއަށް އޮތްތަނަށް ރާއްޖެ ތައްޔާރުކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭނެ މައުލޫމާތެއްކަމަށް ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ ޔޫ.އެން.އެފް.ޕީ.އޭ އިން ދިވެހިރާއްޖެއަށް އާބާދީގެ ދިރާސާކުރުމުގައި ދެމުންގެންދާ އެހީތެރިކަމަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށާއި، މިފަދަ ދިރާސާތަކުގެ ސަބަބުން، ރާއްޖޭގެ އާބާދީގެ ބަދަލުތަކާއި، އާބާދީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ރާއްޖޭގެ މުސްތަޤްބަލަށް އާބާދީގެ ހާލަތު ބައްޓަންކުރާނެ ގޮތްތައް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު