މާފަންނު ފެރީ ޓާމިނަލްގައި ސީއެމްބިއުލާންސަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިއީ ސީއެމްބިއުލާންސަށް މާލެއަށް ލަފާފުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިހާރު ބޭނުންކުރަމުން އަންނަ 1 ނަންބަރު ޖެޓީ އާއި އައި.ޖީ.އެމް.އެޗް/ދަރުމަވަންތަ ހޮސްޕިޓަލް ދުރުވުމުގެ ސަބަބުން، ޓްރެފިކްގައި ޖެހި ބަލިމީހުން ހޮސްޕިޓަލަށް ގެނައުމުގައި ލަސްތަކެއް ދިމާވަމުންދާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މާފަންނު ފެރީ ޓާމިނަލް އިންވެގެން އިރަށް އެމްބިއުލަންސަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ އަމިއްލަފުޅަށް މާފަންނު ފެރީ ޓާމިނަލް ސަރަހައްދަށް ވަޑައިެން އެތަން ބައްލަވާލައްވާފައެވެ.
މި ލިޔުން ކިޔާލުމުން