ވ. ފެލިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް ފުރިހަމަކޮށް، އެ ނިޒާމު ހިންގުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ހަވާލުކޮށްފިއެވެ. މި ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑުން ތަންފީޒުކޮށްފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމުގައި 35 ޓަނުގެ ދެ އާރްއޯ ޕްލާންޓް ހިމެނެއެވެ. މީގެ އިތުރުން، 265 ޓަނުގެ ދެ ބޯފެން ޓޭންކާއި، 500 ޓަނުގެ އެއް ވާރޭފެން ޓޭންކު ވަނީ ބަހައްޓާފައެވެ. އަދި ނަރުދަމާގެ ނިޒާމުގައި ދެ ޕަންޕިންގ ސްޓޭޝަން ވެސް ހިމެނެއެވެ.
ފެނާއި ނަރުދަމާގެ ވިއުގައިގެ ގޮތުގައި 4.2 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި 3.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ވަނީ އަޅާފައެވެ. މި ނިޒާމު ހިންގުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް 30 ކިލޯވޯޓުގެ ސޯލާ ޕެނަލް ސިސްޓަމެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މިހާރު މި ނިޒާމު ވަނީ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑްގެ ދަށުން ޚިދުމަތް ދޭން ފަށާފައެވެ. މި ނިޒާމުގެ ޚިދުމަތް ލިބެން ފެށުމާއެކު، ވ. ފެލިދޫގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބުމުގެ މަގު ވަނީ ފަހިވެފައެވެ.
މި ލިޔުން ކިޔާލުމުން