Saturday, October 31
އިމިގްރޭޝަން އަންހެން އޮފިސަރުންގެ ރެއިޑްގައި 17 ބިދޭސީން ހިފަހައްޓައިފި

އަންހެނުންގެ ދުވަހާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަންގެ އަންހެން އޮފިސަރުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ 17 ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ބިދޭސީންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކަކާއި، ކެފޭއަކާއި، ހުޅުމާލޭ ފިހާރައެއް ބަލައި ފާސްކުރެވުނެވެ.

މި އޮޕަރޭޝަނަކީ އިމިގްރޭޝަންގެ އެންފޯސްމެންޓް އެންޑް ކޮމްޕްލެޔަންސް ޑިވިޝަންގެ އަންހެން އޮފިސަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. އެ އޮފިސަރުންގެ ހިތްވަރާއި ލީޑަރޝިޕަށް އިމިގްރޭޝަނުން ވަނީ ތައުރީފުކޮށްފައެވެ.

އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެ އިދާރާއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މީގެ އިތުރުން މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު