Monday, November 2
އަލިފާންގަނޑު ކޮންޓްރޯލު ކުރި 2 މުވައްޒަފުންނަށް އެމްޕީއެލް އިން ޝުކުރު އަދާކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓް ރެސިޑަންސްގައި ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމަށް މަސައްކަތްކުރި ދެ މުވައްޒަފުންނަށް އެ ކުންފުނިން ޝުކުރު އަދާކޮށްފިއެވެ.

އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުން މުޙައްމަދު އައިހަމް އާއި އަޙްމަދު އާތިފް އެވެ. މި ދެ މުވައްޒަފުންގެ ހިތްވަރާއި އަވަސް ހަރަކާތުގެ ސަބަބުން އަލިފާން އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވުނެވެ.

މި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ މެނޭޖްމަންޓުން އެ ދެ މުވައްޒަފުންނާ ބައްދަލުކޮށް، އެ ދެ މުވައްޒަފުންގެ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެއިތުރުން، އަލިފާން ނިއްވުމުގައި އަމަލީގޮތުން ބައިވެރިވި ޕޯޓް ހިޔާ ކޮމެޓީގެ މެމްބަރު ނަވާޒް މުޙައްމަދު ސައީދު އާއި އެހެން މުވައްޒަފުންގެ މަސައްކަތަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް މިފަދަ ނަމޫނާ މުވައްޒަފުންނަށް ވުމަށް ކުންފުނިން ހިތްވަރުދޭ ކަމަށެވެ. އަދި މިފަދަ ހާދިސާތަކުގައި މުވައްޒަފުން ދައްކާ ހިތްވަރާއި ވަފާތެރިކަމަކީ ކުންފުނީގެ މުވައްޒަފުންގެ ޒިންމާދާރުކަން ދައްކުވައިދޭ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު