ޣައްޒާ ގައި ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިޒްރާއީލުން ހިލާފު ވެފައިވާތީ އެއްބަސްވުމާއި އެއްގޮތަށް އަސީރުން ބަދަލު ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.
އިސްރާއީލުގެ ރަހީނުން ދެން ދޫކޮށްލަން އޮތީ ހޮނިހިރު ދުވަހު އެވެ.ހޮނިހިރު ދުވަހު ކުރިން އޮތީ 03 އަސީރުން ދޫ ކޮށްލާ ގޮތަށެއެވެ.
ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މި ނިންމުން ނިންމަން ޖެހުނީ ތަކުރާރުކޮށް އިޒްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފްވުމުގެ ސަބަބުންނެއެވެ.
މި ގޮތުން ފާއިތުވި 03 ހަފްތާގައި ތަކުރާރުކޮށް އިޒްރާއީލުން އެެއްބަސްވުމާއި ހިލާފްވެފައި ވީނަމަވެސް ހަމާސް އިން ދިޔައީ އެއްބަސްވުމަށް އިހްތިރާމް ކުރަމުން ކަމަށް ބުނެފައިވެއެވެ.
''ޣައްޒާގެ އުތުރަށް ގެދޮރު ގެއްލިފައިވާ މީހުން އެނބުރި އައުން ލަސްކުރުމާއި، ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އެޅުމާއި ބަޑީގެ ހަމަލާތައް އަމާޒުކުރުމާއި، އެއްބަސްވެފައިވާ ގޮތަށް އިންސާނީ އެހީގެ ގާފިލާތައް ވަނުމުގެ ހުއްދަ ނުދިނުން ހިމެނޭ'' ބަޔާނުގައި މުހިއްމު ގޮތެއްގައި އިޒްރާއީލުން ހިލާފްވެފައިވާކަމަށް ހަމާސް އިން ފާހަނގަ ކޮށްފައިވާ ކަންތަައްތަކުގެ ތެރޭގައި ހިމެނެއެވެ.
''އަދިވެސް އަހަރެމެން މި ތިބީ އެއްބަސްވުމާއި އެއްގޮތަށް އަހުދުތަކަށް އިހްތިރާމް ކުރުމަށް، ނަމަވެސް އިޒްރާއީލުން ވެސް ވައުދު ތަކަށް އިހްތިރާމް ކުރަން ޖެހޭނެ" ހަމާސް ގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ހަމާސްގެ މި ނިންމުމާއި ގުޅިގެން، އިޒްރާއީލް ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށް ކޮންމެ ހާލަތަކަށްވެސް އިޒްރާއީލް ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.
''އިސްރާއީލުގެ އަސީރުން ދޫކޮށްލުން ހުއްޓާލުމަށް ހަމާސްއިން އިއުލާން ކުރުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމުގެ އެއްބަސްވުމާ މުޅިން ހިލާފުކަމެއް، އޮކްޓޯބަރު 07 އަލުން ތަކުރާރުވާކަށް އިޒްރާއީލުން ބަލަން ނު ތިބޭނެ'' އިޒްރާއީލުގެ ދިފާއީ ވަޒީރު އިޒްރައިލް ކަޓްޒް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެއްބަސްވުމާއި އެއްގޮތަށް މި ހާތަނަށް އިޒްރާއީލް ޖަލުތަކުގައި ނުހައްގުން ބަންދު ކޮށްފައި ތިބި ފަލަސްތީނުގެ 183 މީހަކު ދޫކޮށްލާފައިވާ އިރު އޭގެ ތެރެއިން 07 މީހަކަށް ވަނީ ހާލު ދެރަވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.
މި ލިޔުން ކިޔާލުމުން