މި މަސައްކަތާ ގުޅިގެން، މަސްވެރިންގެ ޕާކު ސަރަހައްދުން ފެށިގެން ނާދީ ގޯޅިއާ ދެމެދު އަޅާފައިވާ އުޅަނދުފަހަރު އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ވަނީ އަންގާފައެވެ. އަދި އެ މުއްދަތުގެ ފަހުން ނުނަގައި ހުންނަ އުޅަނދުފަހަރު މިނިސްޓްރީގެ ފަރާތުން ނަގާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައިވާ މާލެ އުތުރު ފަރާތު ބަނދަރުގެ ޖެޓީތައް ތަރައްގީ ކުރުމަކީ މި ސަރަހައްދަށް ދިމާވެފައިވާ ދަތިތަކަށް ލިބިގެންދާނެ މުހިންމު ހައްލެކެވެ.






