Saturday, October 31
މެދުއިރުމަތީގެ ހަމަލާތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާ ހުރެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަނީ އުފުލެން ފަށާފައެވެ.

ޚަބަރުތައް ބުނާގޮތުން އަގުތައް މައްޗަށް ދާން ދިމާވީ މިދިޔަ މަހުގެ ފަހުކޮޅު އީރާނާއި އެމެރިކާއާ ދެމެދު އަދި ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫތީންނާ ދެމެދު އަލުން ހަމަލާތައް ބަދަލުކުރަން ފެށުމުންނެވެ. އީރާނުން މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، ހޫތީން ވަނީ ސައުދީގެ ތެލާއި ހަކަތަ ރައްކާކުރާ ކާރުހާނާތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މި ހަމަލާތަކާ ގުޅިގެން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 107 އާއި 108 އެމެރިކާ ޑޮލަރާ ދެމެދަށް އުފުލިފައިވާއިރު، ވެސްޓް ޓެކްސަސް ކްރޫޑް ފީފާއެއްގެ އަގު ވަނީ 103 ޑޮލަރަށް އަރާފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މި ހަނގުރާމަ އިތުރަށް ފުޅާވެ ހަމަލާތައް ވަރުގަދަވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު ފީފާއެއް 110 އާއި 120 ޑޮލަރަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު އެބިއޮތެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު