ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ސައުދީ އަރަބިއްޔާގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައި، ސްޕެއިނުން މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފިއެވެ. މި މެޗުގައި ސްޕެއިނުގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ސްޕެއިނަށް ލީޑު ނަގައިދިނީ މެޗުގެ 10 ވަނަ މިނެޓުގައި ލަމީން ޔަމާލް އެވެ. މިއީ އޭނާ ވޯލްޑް ކަޕްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗަށް ވާއިރު، މިއީ އޭނާ ވޯލްޑް ކަޕްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑުވެސް މެއެވެ.
ސްޕެއިނުން މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގައި، 21 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑު ޖަހައިދިނީ އޮޔާޒަބާލްއެވެ. އޭގެ އެންމެ ތިން މިނެޓު ފަހުން، މެޗުގެ 24 ވަނަ މިނެޓުގައި އޮޔާޒަބާލް ވަނީ އިތުރު ލަނޑެއް ޖަހައި ސްޕެއިނަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ގިނައިރެއް ނުވެ ސްޕެއިނުން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. މިއީ ސައުދީގެ ޑިފެންޑަރުގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މާކް ކުކުރެއްޔާ ފޮނުވާލި ބޯޅަ ސައުދީގެ ކީޕަރު އަލްއުވައިސް ދިފާއުކުރި ނަމަވެސް، އެ ބޯޅަ ޑިފެންޑަރު ހަސަން އަލްތަމްބަކްތީ ގައިގައި ޖެހިފައި ގޯލަށް ވަނީ ވަދެފައެވެ.
މި މޮޅާއެކު ސްޕެއިނުން ވަނީ ގްރޫޕްގެ ކުރީގައި ހަމަޖެހިލާފައެވެ. ޚާއްޞަކޮށް ޒުވާން ކުޅުންތެރިޔާ ޔަމާލްގެ ފަރާތުން ފެނުނު ހަލުވި ކުޅުމަކީ ސްޕެއިން ޓީމަށް ކުރިއަށް އޮތް މެޗުތަކަށް ލިބުނު ވަރަށް




