Monday, November 2
ފެލިދޫގައި ބާއްވާ ފުޓްބޯޅަ އަދި ފުޓްސަލް ރެފްރީން ތަމްރީނު ކުރުމުގެ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

ފުޓްބޯޅަ އަދި ފުޓްސަލް ކުޅިވަރަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން، ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ވ. ފެލިދޫގައި ބޭއްވުމަށް ނިންމައި އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ކޯހަކީ އެ ވުޒާރާއާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ވ. ފެލިދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ތަމްރީނު ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 30 ފަރާތަކަށެވެ. އަދި ފޯމު ފުރާ ފަރާތްތަކުގެ ތެރެއިން އުމުރުން 35 އަހަރުން ދަށުގެ ޒުވާނުންނަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޯހުގެ ހުރިހާ ކްލާސްތަކާއި ތަމްރީނުތައް ކުރިއަށް ގެންދާނީ އެފްއޭއެމްގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

ފެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޚާއްސަ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު