Thursday, November 5
ގަލޮޅު ފުޓްސަލް ދަނޑު ތަރައްޤީކުުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

މާލެ ގަލޮޅު ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިޢުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.

މި އެއްބަސްވުމުގެ ދަށުން އާރުޑީސީން ގަލޮޅު ފުޓްސަލްދަނޑު ތަރައްގީކޮށް ނިންމަންޖެހެނީ 120 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އާރުޑީސީއަށް ހަވާލުކޮށްފައިވަނީ އެއްމިލިއަން ފަސްލައްކަ އެކާވީސްހާސް ދުއިސައްތަ އަށްޑިހަ ތިންރުފިޔާ ފަސްދޮޅަސް ލާރިއަށެވެ.

ގަލޮޅު ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ނިންމާފައިވަނީ ގާކޮށި ފްލެޓާއި އިންވެގެން އޮންނަ ހުސްބިމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު