އީރާނާއި އެމެރިކާގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ. މި ބަދަލު އައިސްފައިވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ލިބިދާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއި އީރާނުން ވަގުތީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ތެލުގެ އަގު ދަށްވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަސްކަރީ ކެމްޕޭން ނިމުމަކަށް އަންނާނެ ކަމުގެ ތަގީންަކަން ދެއްވާފައެވެ. މިއީ ބައިނަލްއަގުވާމީ މަސްރަހުގައި ހުރި ނުތަނަވަސްކަން ކުޑަވެ، އިގްތިސާދީ ގޮތުން ހަމަޖެހުން ލިބިގެންދާނެ ކަމެއްގެ ގޮތުގައި މާހިރުން ދެކެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު އޭޝިއާގެ ބާޒާރުތަކުގައި ބްރެންޓް ކްރޫޑްގެ އަގު ވަނީ 1.6 ޕަސެންޓާ ހަމައަށް ދަށްވެފައެވެ. މިއާއެކު ބައިނަލްއަގްވާމީ ބެންޗްމާކް ވަނީ މީގެ 24 ގަޑިއިރު ކުރިން އަގުތައް ހުރި މިންވަރަށް ގާތްގަނޑަކަށް އަނބުރާ އައިސްފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތެލުގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް މެދުއިރުމަތީގެ މަސްރަހު ފިނިވުމަކީ ތެޔޮ އުފައްދާ މިންވަރާއި ސަޕްލައިއަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ.




