Monday, November 16
ރައީސްގެ ދެކަނބަލުން ސިންގަޕޫރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންފި
ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުގެރޭ ސިންގަޕޫރަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު ސިންގަޕޫރަށް ކުރެއްވި 7 ވަނަ ދަތުރުފުޅެވެ. އަދި އެ ޤައުމަށް ކުރެއްވި 6 ވަނަ ނުރަސްމީ ދަތުރުފުޅުވެސް މެއެވެ.

ރައީސް އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވީ މިދިޔަ މޭ މަހުގެ 24 އިން 30 އަށް 6 ދުވަހުގެ މުއްދަތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު